ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/128 |
|
ބޭއްވުނު ތާރީޚް:10 އޮކްޓޯބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 160 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: ހަކީމީމަގު ސީދާކުރުމުން އެސަރަޙައްދު ޢިމާރާތްކޮށް ދިރިއުޅެން ގެންދާ "ޕައިންސް" ނަމަކަށް ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުން މަގަށް އަރާބަޔަށް ބަދަލުދިނުމާއި ގޯއްޗަށް މިންހަމަކޮށް ދިނުމުގެ މައްސަލަ. |
|||
މައްސަލަ ހުށަހެޅި ފަރާތް: މަރަދޫ އަވަށުއޮފީސް |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުގެ ތެރެއިން، "ހަކީމީމަގު" ސީދާކުރުމުން، ޕައިންސް (ރަޖިސްޓްރީ ނަންބަރ:355) ނަމަކަށް ކިޔާ ގޯތީގައި ޢިމާރާތްކޮށްފައިވާ ޢިމާރާތުން ބައެއް މަގަށް އެރުމުގެ ސަބަބުން އެބައި ތަޅާލަން ޖެހޭތީ، އެބައި ތަޅާލުމަށް ޢިމާރާތުގެ ވެރިފާރާތުން އެއްބަސްވެ ބަޔާންދީފައި ވަތީ، ބަދަލުދިނުމަށްޓަކައި އެކުލަވާލި އަގުކޮމިޓީއިން، އަގުކޮށްފައިވާ ގޮތަށް ބަދަލުދިނުމަށާއި، ގޯތީގެ މިންހަމަކުރެވޭނެ ގޮތުގެ ޗާޓާއި އެއްގޮތަށް މިންހަމަކޮށް ބިމަށް ބަދަލުގެ ގޮތުގައި ޖުމްލަ އެއްލައްކަ އައްޑިހަ ހާސް ފައްސަތޭކަ ފަންސާސްހަރުފިޔާ (180,556/-) ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ނޯޓް: ޕައިންސް ގޯތީގައި ކޮށްފައިވާ މަސައްކަތުގެ އަގުގެ ތަފްސީލު ރިޕޯޓް ނިންމުމާއި އެއްކަރުދާސް ކުރީމެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، އަހްމަދު ނާދިރު |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހަކީމީމަގު ސީދާކުރުމުން އެސަރަޙައްދު "ޕައިންސް" ގޯތީގައި ކޮށްފައިވާ ޢިމާރާތުން މަގަށް އަރާބަޔަށް ބަދަލުދިނުމާއި ގޯއްޗަށް މިންހަމަކޮށް ދިނުމާއި ގުޅޭ