ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/130-01 |
|
ބޭއްވުނު ތާރީޚް:10 އޮކްޓޯބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 160 ވަނަ ޖަލްސާ) |
މައްސަލަ |
|||||
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމީޓިގެ 38 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކާއިމެދު ކައުންސިލުން ވަކި ގޮތެއް ނިންމަވައި ދެއްވުން އެދި. |
|||||
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމެޓީ |
|||||
ނިންމުން |
|||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ މީދޫ ޓޫރިޒަމް ޒޯންއިން 2500 އަކަފޫޓުގެ E3 ޕްލޮޓްގައި ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް، ސ.މީދޫ، ފީރޯޒްވިލާ، އަބްދުﷲ މުޙައްމަދު ދީދީ އާއިދެމެދު ވެވިފައިވާ އެއްބަސްވުމުގައިވާ އީ.އައި.އޭ ރިޕޯޓު ހެދުމަށް ބަޔާންކޮށްފައިވާ މާއްދާ، އިސްތިސްނާ ކޮށްދެއްވުމަށް އެފަރާތުން އެދިފައިވުމާއި ގުޅިގެން، މައްސަލަ އާއި ގުޅޭގޮތުގެ ލީގަލް ލަފާ ހޯދުމަށް ޓޫރިޒަމް ކޮމެޓީގެ 36 ވަނަ ބައްދަލުވުމުން ނިންމާފައިވުމާއި ގުޅިގެން، މި މައްސަލައާއި ގުޅޭގޮތުގެ ލީގަލް ލަފާ ލިބިފައި ވުމާއެކު، ހުށަހަޅާފައި މައްސަލަ އާއިގުޅިގެން ޓޫރިޒަމް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||||
ވޯޓް ދެއްވި ގޮތް |
|||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޓޫރިޒަމް ކޮމިޓީގެ ރަސްމީ 38 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ (130-01)