އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޯލްޑް ސްޕޯރޓްސް ސިޓީއާއި ގުޅޭ ޖޭ.ވީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކައުންސިލްގެ ފަރާތުން ޑިރެކްޓަރަކު ނޮމިނޭޓުކުރުމާއި ގުޅޭ

10 އޮކްޓޯބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/131

ބޭއްވުނު ތާރީޚް:10 އޮކްޓޯބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 34 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 160 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލާއި ވޯލްޑް ސްޕޯރޓްސް ސިޓީ އެލް.އެލް.ސީ ގުޅިގެން އުފެއްދުމަށް ނިންމާފައިވާ ޖޮއިންޓްވެންޗަރ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކައުންސިލްގެ ފަރާތުން ޑިރެކްޓަރަކު ނޮމިނޭޓުކުރުމަށް ގަރާރެއް ފާސްކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ ޓޫރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ކައުންސިލާއި ވޯލްޑް ސްޕޯރޓްސް ސިޓީ އާއި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް އާއި ގުޅިގެން އުފެއްދުމަށް ނިންމާފައިވާ ޖޮއިންޓްވެންޗަރ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ކައުންސިލް ތަމްސީލުކުރުމަށް އައްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ކައުންސިލުން ކަނޑައަޅާފައިވާ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝުޢާޢު ކަނޑައެޅުމަށް ކައުންސިލްގެ ނަންބަރު 426-B(4)/2024/125 ނިންމުމުން ނިންމާފައިވާތީ އެނިންމުމަށް ރިޢާޔަތްކޮށް ކައުންސިލުން ފާސްކުރަންޖެހޭ ޤަރާރު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ، އަހްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/131

ތާރީޚް: 10 އޮކްޓޯބަރ 2024