އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 73 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަ އާއި ގުޅޭ (142-01)

5 ނޮވެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/142-01

ބޭއްވުނު ތާރީޚް:05 ނޮވެންބަރު 2024

ޖަލްސާ:2024  ވަނަ އަހަރުގެ 38 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 164 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 73 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 73 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

މަލްޓިކޯ ޕްރައިވެޓް ލިމިޓެޑް އާއިއެކު ވެވިފައިވާ ނަންބަރު: 426-PD/S1/2014/04 އަދި 426-PD/S1/2013/40 އެއްބަސްވުމުގެ ދަށުން ދޫކުރެވިފައިވާ ކުލީ ބިމުގެ ޖޫރިމަނާ މާފުކޮށްދިނުމަށާއި ނުދެއްކިހުރި ކުލި ބަހައިގެން ދެއްކުމަށާއި، ކުލީ ބިމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ މައްސަލަ އާއިގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/142-01

ތާރީޚް: 5 ނޮވެމްބަރ 2024