ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/145 |
|
ބޭއްވުނު ތާރީޚް: 21 ނޮވެންބަރު 2024 |
ޖަލްސާ: 2024 ވަނަ އަހަރުގެ 39 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 165 ވަނަ ޖަލްސާ) |
މައްސަލަ |
||||
އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ ވަގުތީ ރަޖިސްޓްރީ، ގޯތީގެ ރަޖިސްޓަރީ އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ފޯމެޓް ކައުންސިލުން ފާސްކުރައްވާފައިވާހިނދު، އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީ ހަދާ ހިނދު، ބޭނުންކުރާނެ ވަކި ފޯމެޓެއް ނެތަތީ، މި ފޯމާއެކު އެ ބޭނުމަށް ހުށަހަޅާ ފޯމެޓް ފާސްކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުން ދޫކުރާ ގޯތީގެ ވަގުތީ ރަޖިސްޓްރީ، ގޯތީގެ ރަޖިސްޓަރީ އަދި އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ފޯމެޓުގައި އެއްފަރާތަށްވުރެ ގިނަ ފަރާތަކަށް ގޯތި ރަޖިސްޓަރީ ކުރާނެގޮތުގެ ފޯމެޓް ހިމަނާފައިވާ ނުވާތީ އަދި އެއްފަރާތަށްވުރެ ގިނަ ފަރާތަކުން ރަޖިސްޓަރީ ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ރަޖިސްޓަރީ ފޯމެޓް އެއްގޮތް ކުރުމަށް އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓަރީ ފޯމެޓު ކައުންސިލުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
