އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫގެ 2 ސަރަހައްދެއް ޕާކިންޒޯން އެއްގެ ގޮތުގައި ކަނޑައެޅުމަށް އެދި ހުށަހަޅާ މައްސަލައާއި ގުޅޭ

4 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/151

ބޭއްވުނު ތާރީޚް:04 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 167 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

 މަރަދޫފޭދޫގެ 2 ސަރަހައްދެއް ޕާކިންޒޯން އެއްގެ ގޮތުގައި ކަނޑައެޅުމަށް އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: މަރަދޫފޭދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،  މަރަދޫފޭދޫ ޑްރީމާސް ގޯތީގެ އިރުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގާއި ނޫރާނީ މަގާއި އިންވެގެން އޮތް ހުސްބިން އަދި މަރަދޫފޭދޫ ސައިމާގޯތި އާއި އިންވެގެން ދެކުނަށް ވަސީމީހިނގުމާއި އިންވެގެން އޮތް (ކުރީގެފެންތާގީ ބަހައްޓާފައިވާ) ބިން ޕާކިން ޒޯނެއްގެ ގޮތުގައި ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ، މުހައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/151

ތާރީޚް: 4 ޑިސެމްބަރ 2024