އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގެ ސިޓީ ސްކުއެއަރ ކުރިމަތިން މޫދުގައި، ވޯޓަރ ސްޕޯޓްސް ޕާކެއް ތަރައްޤީކުރުމާއި ގުޅޭ

4 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-F(41)/2024/153

ބޭއްވުނު ތާރީޚް:04 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 167 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އަވަށުގެ ސިޓީ ސްކުއެއަރ ކުރިމަތިން މޫދުގައި، ވޯޓަރ ސްޕޯޓްސް ޕާކެއް ތަރައްޤީކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި  

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ޑިވޮލޮޕްމެންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ، ސިޓީ ސްކުއެއަރ ކުރިމަތިން މޫދުގައި، ވޯޓަރ ސްޕޯޓްސް ކުޅިވަރުތަކަށް ހާއްސަކުރެވިގެން ވޯޓަރ ފްލޯޓިން ޕާރކެއް ހިމެނޭހެން  ބީޗެއް ތަރައްޤީކުރުމަށްޓަކައި 2.5 މިލިއަން (ދެމިލިއަން ފަސްލައްކަ ރުފިޔާ) ޖީ.އެލް ކޯޑު:223014 ކައުންސިލް އާމްދަނީ ބަޖެޓްއިން ހަރަދުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/153

ތާރީޚް: 4 ޑިސެމްބަރ 2024