އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 42 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ (156-04)

11 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/156-04

ބޭއްވުނު ތާރީޚް:11 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 168 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޓޫރިޒަމް ކޮމީޓިގެ 42 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކާއިމެދު ކައުންސިލުން ވަކި ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމެޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ފައިޒުއްރަހްމާން

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

އައްޑޫސިޓީ ކައުންސިލުން " އައި.ޓީ.ބީ ބާރލިން 2025 " ގައި ބައިވެރިވުމަށާއި މި އެގްޒެބިޝަންގެ ފީގެ ގޮތުގައި ދައްކަންޖެހޭ ޑޮލަރު އެމްއެމްޕީއާރްސީއަށް ދެއްކުމަށާއި  އަދި މި އެގްޒިބިޝަންގައި ކައުންސިލްގެ ފަރާތުން ބައިވެރިވާނެ ކައުންސިލަރުން ކަނޑައެޅުމަށްޓަކައި ޓޫރިޒަމް ކޮމެޓީއިން ނިންމަވާފާއިވާ  ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02 

ނުފެންނަކަމަށް: 02 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/156-04

ތާރީޚް: 11 ޑިސެމްބަރ 2024