އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 42 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ (156-05)

11 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/156-05

ބޭއްވުނު ތާރީޚް:11 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 168 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޓޫރިޒަމް ކޮމީޓިގެ 42 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކާއިމެދު ކައުންސިލުން ވަކި ގޮތެއް ނިންމަވައި ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމެޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ޓޫރިޒަމް ކޮމިޓީގެ 42 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހިމް ޝިނާޒް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ފައިޒުއްރަހްމާން

 

 

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

ސ.މީދޫ ޓޫރިޒަމް ޕްލޮޓް E5 އަދި ސ.ހުޅުދޫ ޓޫރިޒަމް ޕްލޮޓް E3 ކައުންސިލުން މި ދެ އެއްބަސްވުން އުވާލާފައިވާތީ އިބްރާހިމް ޔާސިރާއި އެފަރާތުގެ ލީގަލް ޓީމާއިއެކު ކައުންސިލަރުން، އެސް.ޖީ އަދި ކައުންސިލްގެ ލީގަލް ޓީމާއިއެކު މީޓިންއެއް ބާއްވައިދިނުމަށް އެދިފައިވުމާއި ގުޅިގެން، މި މައްސަލަ އާއިމެދު ސ.މީދޫ ޓޫރިޒަމް ޕްލޮޓް E5 އަދި ސ.ހުޅުދޫ ޓޫރިޒަމް ޕްލޮޓް E3 ، ދެ އެއްބަސްވުން ކައުންސިލުން އުވާލާފައިވާތީ އިބްރާހިމް ޔާސިރާއި އެފަރާތުގެ ލީގަލް ޓީމާއި އެކު ކައުންސިލަރުން، އެސް.ޖީ އަދި ކައުންސިލްގެ ލީގަލް ޓީމާއި އެކު ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިފައިވުމާއި ގުޅިގެން، މި މައްސަލަ އާއިމެދު ކޮމެޓީއިން ނިންމަވާފާއިވާ  ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02 

ނުފެންނަކަމަށް: 02 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/156-05

ތާރީޚް: 11 ޑިސެމްބަރ 2024