އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި ވަގުތީ ފެރީ ޓާމިނަލެއް އެޅުމާއި ގުޅޭ

11 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/159

ބޭއްވުނު ތާރީޚް:11 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 168 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

 ހިތަދޫގައި ވަގުތީ ފެރީ ޓާމިނަލެއް އެޅުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،  ހިތަދޫ ބަނދަރުގައި ވަގުތީ ފެރި ޓާމިނަލް އެއް ޤާއިމްކުރުމުގެ މަސައްކަތް ޖީ.އެލް ކޯޑު 223014 ކައުންސިލްގެ އާމްދަނީ ބަޖެޓުން 1،500،000.00 (އެއްމިލިއަން ފަސްލައްކަ ރުފިޔާ) ޚަރަދު ކުރާ ގޮތަށް އިއުލާންކޮށް ގެން މަސައްކަތް ކުރިއަށް ގެންދިއުމަށް   ފެންނަކަމައް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ، އަހްމަދު ސަޢިދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ހިތަދޫގައި ވަގުތީ ފެރީ ޓާމިނަލެއް އެޅުމާއި ގުޅޭ


ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/159

ތާރީޚް: 11 ޑިސެމްބަރ 2024