އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާރިކިޅި ސަރަހައްދު ތަރައްޤީ ކުރުމާއި ގުޅޭ

11 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/160

ބޭއްވުނު ތާރީޚް:11 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 42 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 168 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އާރިކިޅި ސަރަހައްދު ތަރައްޤީ ކުރުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޣާޔަތް ކުރުމަށްފަހު،  އާރިކިޅި ތަރައްޤީ ކުރުމުގައި ދެފޭސްއަކަށް ބަހައިގެން ކުރިއަށް ގެންދިއުމަށާއި، ޒޯން 1 އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށާއި އަދި އަނެއްބައި އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި އަދި މިމަސައްކަތް ޖީ.އެލް ކޯޑު 223014 ކައުންސިލްގެ އާމްދަނީ ބަޖެޓުން 1،000،000.00 (އެއްމިލިއަން ރުފިޔާ) ޚަރަދު ކުރުމަށާއި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމައް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ތާއީދު ކުރެއްވ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާޢު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޑރ. އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

އާރިކިޅި ސަރަހައްދު ތަރައްޤީ ކުރުމާއި ގުޅޭ


ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/160

ތާރީޚް: 11 ޑިސެމްބަރ 2024