އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގެ 2 ވެހިކަލެއްގެ އަގު ކުޑަކޮށް ނީލަން ކިއުމަށާއި އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވާނަމަ ވެހިކަލްތައް ނައްތާލުމާއި ގުޅޭ

18 ޑިސެމްބަރ 2024     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2024/161

ބޭއްވުނު ތާރީޚް:18 ޑިސެމްބަރ 2024

ޖަލްސާ:2024  ވަނަ އަހަރުގެ 43 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 169 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

 ހުޅުދޫ އަވަށު އޮފީހުގެ 2 ވެހިކަލް، އެކިއެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަދުވަސް ވެފައިވާތީ މި 2 ވެހިކަލް ނީލަންކިއުމަށް 3 ފަހަރު މަތިން އިޢުލާންކުރުމުންވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ ވެހިކަލްގެ އަގު ކުޑަކޮށް ނީލަން ކިއުމަށާއި އަދި އެގޮތަށް އަގު ކުޑަކޮށްގެންވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވާނަމަ ވެހިކަލްތައް ނައްތާލުމަށް ކައުންސިލުން ގޮތެއް ނިންމެވުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،  އެކިއެކި މައްސަލަތައް ދިމާވެގެން ބޭނުންނުކުރެވި ގިނަދުވަސްވެފައިވާ 2 ވެހިކަލް ނީލަންކިއުމަށް ބޭނުންވެގެން 3 ފަހަރު މަތިން އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ ، ވެހިކަލްގެ އަގު ކުޑަކޮށް ނީލަން ކިއުމަށާއި ، ނީލަން ކޮމިޓީގެ ގޮތުގައި ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް ހަމަޖެއްސުމަށާއި ، ވެހިކަލް ނައްތާލުމަކީ ޚަރަދު އެކުލެވޭ ކަމަކަށްވާތީ ޕިކަޕް -/3000 ރުފިޔާ އަދި ސައިކަލް /-500 ރުފިޔާ އަށް ނީލަން ކިޔުމަށާއި އަދި އެގޮތަށް އަގު ކުޑަކޮށްގެންވެސް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވާނަމަ ވެހިކަލްތައް ނައްތާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ނީލަން ކޮމިޓީގެ މެމްބަރުން

  • އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް، މަރްޔަމް ޒަހާ 
  • އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް، ޢާއިޝަތު އަޒްރަތު
  • އެސިސްޓެންޓް ކައުންސިލް އޮފިސަރ ސަޢާދާ ޙަސަން  

ތާއީދު ކުރެއްވި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2024/161

ތާރީޚް: 18 ޑިސެމްބަރ 2024