އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފިތުރު އީދު ފާހަގަ ކުރުމަށް އެމް.ސީ ޔުނައޓެޑުން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

20 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

 މި އަހަރުގެ ފިޠުރު ޢީދު އައްޑޫ ސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެގޮތުން މެދުވަލު  ސިޓީ ޔުނައިޓެޑުން އިސްނަގައިގެން  އެމް.ސީ. ޔުނައިޓެޑާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ގުޅިގެން ހިތަދޫގައި ހިންގާ މާލި ޕެރޭޑަކާއި ޒުވާނުންގެ ޢީދު ޝޯވގެ ނަމުގައި ޒުވާނުން އިސް ނަންގަވައިގެން ހިންގާ ޙަރަކާތަށް އެހީތެރިކަން ބޭނުންވެގެން ހުށަހަޅުއްވާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:

   ޑިޕިއުޓީ މޭޔަރ     މުޙައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

13 ޖޫން 2017 ގައި ކައުންސިލަށް ހުށަހެޅިފައިވާ މައްސަލައަކަށްވެފައި، އައްޑޫސިޓީގެ އެހެން އެއްވެސް ޖަމްޢީއްޔާއަކުން މިފަދަ ޙަރކާތެއް ކުރިއަށް ރާވާފައިވާކަން އެނގިފައިނުވާތީ، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާވުމުގެ އިތުރަށް މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކުލަގަދަގޮތަކަށް ފާހަގަކޮށް، ކުޅިވަރު ދިރުވާ އާލާކުރުމާއި ޒުވާނުން ސަޤާފީ ކަންކަމަށް ޝައުޤުވެރިކަން އުފެދިގެން އަންނާނެ ކަމަކަށްވެސް މިކަން ވާތީ، ޖުމްލަ ޚަރަދުގެ ގޮތުގައި މުޅިއެކު -/5000 ރުފިޔާ (ފަސްހާސްރުފިޔާ) އެމް. ސީ. ޔުނައިޓެޑަށް ދިނުމަށް ނިންމުނެވެ. އެޚަރަދުގެ ތަފްޞިލަކީ ބޮޑުބެރުޓީމަށް 2500ރުފިޔާ، ބޮޑުމަސް ހެދުމަށް ހިނގާނެ ޚަރަދު /-2000ރުފިޔާ އަދި ފުއްޕާހަން ގަތުމަށް -/500 ރުފިޔާއެވެ.    

ތާއީދު ކުރެއްވި:   ކައުންސިލަރ އިބްރޙިމް ޝުކުރީ ކައުންސިލަރ ޙުސައިން ހިޔާޟް  

ހުށަހެޅުން ހުށަހެޅި : ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް،

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)2017/137

ތާރީޚް: 20 ޖޫން 2017