ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2024/165 |
|
|
ބޭއްވުނު ތާރީޚް:31 ޑިސެމްބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 170 ވަނަ ޖަލްސާ) |
|
މައްސަލަ |
|||
|
ހުށަހެޅުނު މައްސަލަ: ރާއްޖޭގައި ބޭރުގެ ފަރާތަކުން މުހިއްމު މަޝްރޫއެއް ހިންގުމަށްޓަކައި ކަމަށް ބަޔާންކޮށް، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ހިއްކާފައިވާ ބިމުން 15,000 (ފަނަރަ ހާސް) އަކަމީޓަރުގެ ބިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި ރަޖިސްޓަރީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާކަމާއި، އެހެންކަމުން އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ހިއްކާފައިވާ ބިމުން 15,000 (ފަނަރަ ހާސް) އަކަމީޓަރުގެ ބިން ދައުލަތުގެ ބޭނުމަށް ނަގާފައިވާކަމަށް ބަޔާންކޮށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސިޓީ ފޮނުއްވާފައިވާތީ، މިކަމުގައި ޢަމަލުކުރާނެ ގޮތެއް ކައުންސިލުން ކަނޑައެޅުއްވުމަށް އެދި ހުށަހަޅާ މައްސަލަ |
|||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުސިން ޔުނިޓް |
|||
|
ނިންމުން |
|||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ހިއްކާފައިވާ 15,000 (ފަނަރަ ހާސް) އަކަމީޓަރުގެ ބިމުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތަފްސީލު އެނގޭގޮތަށް، އައްޑޫސިޓީ ލޭންޑް ޔޫސް ޕްލޭނަށް ފުށުނާރާހެން، ކައުންސިލާއެކު އިތުރަށް މަޝްވަރާ ކުރުމަށްފަހު ބިން ހަމަޖެއްސިދާނެ ކަމަށް ފެންނަކަމަށާއި އަދި މިކަމާއި ގުޅިގެން ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސިޓީ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމީނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
||
|
ވޯޓް ދެއްވި ގޮތް |
|||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

