ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2024/166 |
|
ބޭއްވުނު ތާރީޚް:31 ޑިސެމްބަރ 2024 |
ޖަލްސާ:2024 ވަނަ އަހަރުގެ 44 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 170 ވަނަ ޖަލްސާ) |
މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް، ޙާޟިރީ އެލަވަންސް ދިނުމަށް އެޗް.އާރު.އެމް.ޑީ ކޮމެޓީން ނިންމަވާފައިވާތީ، މި މައްސަލައާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
|||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ޔުނިޓް |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެޗް.އާރު.އެމް.ޑީ ކޮމެޓީން ނިންމާފައިވާގޮތަށް، 2025 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް ޙާޟިރީ އެލަވަންސެއް ހަމަޖެއްސުމަށާއި އަދި ޙާޟިރީ އެލަވަންސްގެ ގޮތުގައި، މުވައްޒަފުން އޮފީހަށް ނިކުންނަ ރަސްމީ ކޮންމެ ދުވަހަކަށް، 50.00 (ފަންސާސް ރުފިޔާ) ރޭޓުން ޙާޟިރީ އެލަވަންސް ހަމަޖެއްސުމަށާއި، އެގޮތުން، ހަފްތާގެ 7 ދުވަހު މަސައްކަތްކުރާ މުވައްޒަފުންނާއި، މިހާރުވެސް ޙާޟިރީ އެލަވަންސް ލިބެމުންދާ މުވައްޒަފުންނަށް، މި އެލަވަންސް ރަސްމީ 5 ދުވަހު ޙާޟިރުވުމުން އެލަވަންސް ލިބޭގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ.އާމީނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝިނާޒް |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
