އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ޔޫޓިލިޓީސް މައްސަލަ ހައްލުކުރުމަށް ހުށަހަޅާ މައްސަލަ

12 ފެބުރުއަރީ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/02

ބޭއްވުނު ތާރީޚް:15 ޖަނަވަރީ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 172 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

 އައްޑޫ ސިޓީގެ ޔޫޓިލިޓީސް މައްސަލަ ހައްލުކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، އަލީ ނިޒާރު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫސިޓީގައި ދެވޭ ހިދުމަތްތަކުން ފެނަކައިން މިވަގުތުވެސް ގާތްގަނޑަކަށް 25-30 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ހޯދަމުންދާއިރު، މި ފައިސާ ބޭނުންކޮށްގެން އެކަށީގެންވާ ގޮތަކަށް އައްޑޫގައި ފެނަކައިންދޭ ހިދުމަތްތަކަށް ތަރައްގީ ގެނެވިފައި ނުވުމަކީ އައްޑޫ ރައްޔިތުންނަށް ވެވޭ ބޭއިންސާފަކަށްވާތީ، މިކަމަށް ދާއިމީ ހައްލެއް ހޯދެން އޮތް ގޮތަކީ މި ހިދުމަތްތައް ލާމަރުކަޒުކޮށްގެން ކަމަށް ގަބޫލުކުރެވޭތީ، އައްޑޫގައި ޔޫޓިލިޓީސް ހިދުމަތް ދިނުމަށް ވަކި ކުންފުންޏެއް ހެދުމަށް ހުށަހެޅުމަށާއި، މިކުންފުނި ހިންގުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ހިއްސާ ހިމެނުމާއި ރައްޔިތުންގެ ފަރާތުން ކުންފުނީގެ ބޯޑުގައި ތަމްސީލް ވާނެ ގޮތް ހޯދުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  މޭޔަރ، އަލީ ނިޒާރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/02

ތާރީޚް: 12 ފެބުރުއަރީ 2025