އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ތައިލޭންޑްގައި ބާއްވާ މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑް ޝޯވގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަށް

15 ޖެނުއަރީ 2025     


ކައުންސިލްގެ ނިންމުން

 

ނިންމުން ނަންބަރު: 426-B(4)/2025/03

ބޭއްވުނު ތާރީޚް:15ޖަނަވަރީ 2025 

ޖަލްސާ:2025 ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 172 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ތައިލޭންޑްގައި ބާއްވާ މޯލްޑިވްސް ޑެސްޓިނޭޝަން ރޯޑް ޝޯވގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ހުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން 3 މަންދޫބުން ހިމެނޭގޮތަށް ރޯޑް ޝޯވގައި ކައުންސިލުން ބައިވެރިވުމަށާއި، އައްޑޫސިޓީއަށް ޚާއްސަ ކައުންޓަރެއް ހަމަޖައްސައި، މި ރޯޑް ޝޯވގައި ބައިވެރިވުމަށް  ޚަރަދުގެ ގޮތުގައި /-175000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ، ޖީ.އެލް.ކޯޑު 223012 (ޓޫރިޒަމް އިންވެސްޓް އެގްޒިބިޝަން އެންޑް ސަބްސްކްރިޕްޝަން) އިން ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުހައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/03

ތާރީޚް: 15 ޖެނުއަރީ 2025