ކައުންސިލްގެ ނިންމުން
މައްސަލަ |
||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 79 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި. |
||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||
ނިންމުން |
||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 79 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ " އެއްގަމުމަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓްރީ ފާމް ހިންގުމުގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލު " ގެ ދަށުން ޔުއާސް މޯލްޑިވްސް އައްޑޫ ކަޓްސްބްޝީ ޕްރައިވެޓް ލިމިޓެޑް އާއެކު އަލުން އެކުލަވާލެވޭ އެއްބަސްވުމުގައި ހިމެނުމަށް އެފަރާތުން އެދިފައިވާ ކަންކަމާގުޅޭގޮތުން ގޮތެއް ނިންމުމުގެ މައްސަލައާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
