މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނިންމުން ނަމްބަރު 80 ގައިވާ ގޮތުގެ މަތިންމިއިރާދާގެ ޚަރަދު 2 އެކައުންޓްގައި ހުރި ތުރުކީވިލާތުން ފަންޑުކޮށްގެން 2010 ވަނަ އަހަރުން 2013 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދެވުނު"މަދަރ އެންޑް ޗައިލްޑް ހެލްތު ހެލްތު ކެއަރ ޕްރޮޖެކްޓް" ގެ ބާކީ ފައިސާ (565.32،254 ރުފިޔާ) އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑަށް ޖަމާކުރުމާއިމެދު ކައުންސިލް މަޝްވަރާ ބައްދަލުވުމުގައި ނިމުނު ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލް ބިއުރޯ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މ މިފައިސާއަކީ ޕްރޮވިންސް އޮފީހުގެ ދުވަސްވަރު އެތަނުގައި ޤާއިމު ކުރެވިފައިވާ ހެލްތް ޑެސްކް އިން އައްޑޫގެ ތަރައްޤީއަށް ޚާއްޞަކޮށްގެން "މަދަރ އެންޑް ޗައިލްޑް ހެލްތު ކެއަރ ޕްރޮޖެކްޓް"ގެ ނަމުގައި ޕްރޮޖެކްޓެއް ހިންގުމަށް ކުރެއްވި މަސައްކަތުން ލިބިފައިވާ ފައިސާކަމަށްވާތީ، މިފަދަ ޕްރޮޖެކްޓުން ލިބޭ ފައިސާ ޚަރަދު ކުރެވޭނީ ހަމައެކަނި އެކަމާއި ގުޅޭ ޙަރަކާތްތަކަށްކަމުގައިވާތީ، އައްޑޫ ޓްރަސްޓް ފަންޑުގެ ޖަދުވަލު 1 ގައި ބަޔާން ކުރާ ޚަރަދުތަކުގެ ތެރެއިން "އައްޑޫ ސިޓީގައި އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުން" މިބައިގެ ތެރެއިން ޚަރަދު ކުރެވިދާނެ ކަމަށް ފެންނާތީ "މަދަރ އެންޑް ޗައިލްޑް ހެލްތު ކެއަރ ޕްރޮޖެކްޓް" ގެ ބާކީ ފައިސާ 254,565.32 ރުފިޔާ އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
"މަދަރ އެންޑް ޗައިލްޑް ހެލްތު ހެލްތު ކެއަރ ޕްރޮޖެކްޓް" ގެ ބާކީ ފައިސާ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑަށް ޖަމާކުރުމަށް ގޮތެއް ނިންމުން