އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބިދޭސީ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓަރ ޕްރޮގްރާމާ އަދި ސިވިލް އިންޖިނިއަރ މަޤާމުގެ މުސާރަ އިސްލާހުކުރުމާ ގުޅޭ

22 ޖެނުއަރީ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/08

ބޭއްވުނު ތާރީޚް: 22ޖަނަވަރީ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 173 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނަންބަރު 426-B(4)2024/068 (04 ޖުލައި 2024) ނިންމުމާގުޅިގެން، މި އިދާރާއަށް ރެކްރޫޓްކުރުމަށް ހަމަޖެހިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓަރ ޕްރޮގްރާމާ އަދި ސިވިލް އިންޖިނިއަރ މަޤާމުގެ މުސާރަ އިސްލާހުކުރުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:   އެޗް.އާރު ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ރެކްރޫޓްކުރުމަށް ހަމަޖެހިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކޮމްޕިއުޓަރ ޕްރޮގްރާމާ އަދި ސިވިލް އިންޖިނިއަރ މަޤާމުގެ މުސާރައިގެ އަދަދު ގޮތުގައި 800 – 1000 ޑޮލަރާ ދެމެދުގެ އަދަދަކަށް ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް:04  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/08

ތާރީޚް: 22 ޖެނުއަރީ 2025