އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަށް އަރަން އިންނަ މަގުގައި ޓްރެފިކް ފްލޯ މެނޭޖްކުރުމާ ގުޅޭ

29 ޖެނުއަރީ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/11

ބޭއްވުނު ތާރީޚް: 29ޖަނަވަރީ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 174 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހަންކެޑެ ބްރިޖަށް އަރަން އިންނަ މަގުގައި ޓްރެފިކް ފްލޯ މެނޭޖްކުރުމާއި މެދު ކައުންސިލުންގޮތެއް ނިންމުމަށް   

މައްސަލަ ހުށަހެޅި ފަރާތް: ސްޓްރެޓެޖިކް ޕްލޭނިންގ ޓޫރިޒަމް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" ހިޔާ ފަންނު މަގު، ވައިފަހި މަގު އަދި ޖަމާލީ ގޯޅި އެއްކޮޅަށް ދުއްވޭ މަގެއްގެ ގޮތުގައި ކަނޑައެޅުމަށާއި ޝަމްސުއްދީން ބޮޑުފަނޑިޔާރު ބޮޑު ތަކުރުފާނުމަގު (ލިންކް ރޯޑް) ހަންކެޑެ ކޯޒްވޭގެ މަރަދޫ  އާއި ގުޅުނު ހިސާބުން ބަންދުކުރުމަށާއި، ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) އެއްގަމު އުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރާގޮތަށް ހަމަޖެއްސުމަށާއި އެގޮތުން ޕާކްކުރާނީ ގަމުން ހިތަދޫއަށް އަންނައިރު މަގުގެ ވާތްފަޅިއަށްވާ ފަޅީގައި ކަމަށާއި މަގުގެ ކަނާތް ފަޅީގައި ޕާކްކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅައި ދަންވަރު އެކެއްގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) ދާއިމީގޮތެއްގައި ޕާކުކުރުން މަނާކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:    ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/11

ތާރީޚް: 29 ޖެނުއަރީ 2025