ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/12 |
|
ބޭއްވުނު ތާރީޚް: 29 ޖަނަވަރީ 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 174 ވަނަ ޖަލްސާ) |
މައްސަލަ |
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ މަރަދޫ އަވަށުން 05 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/346 އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމިފައިވުމާއެކު، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތަކަށް ބީލަން އެވޯޑުކުރުމާއިމެދު ކައުންސިލަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމަވައި ދެއްވުމަށް އެދި |
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ |
|
ނިންމުން |
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫ ސިޓީ މަރަދޫ އަވަށުން 05 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2024/346 އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، ބީލަން އެވޯޑުކުރުމަށް ލޭންޑް އިވެލުއޭޝަން ކޮމިޓީން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް |
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 02 ވޯޓް. |
ފެންނަކަމަށް:06 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
