އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫއަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތަށް ނެގޭ ފީ އިސްލާޙްކުރުމާއިގުޅޭ

5 ފެބުރުއަރީ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/17

ބޭއްވުނު ތާރީޚް: 05 ފެބްރުއަރީ  2025

ޖަލްސާ:2025 ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 175 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫއަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތަށް ނެގޭ ފީ އިސްލާޙްކުރުމާއިގުޅޭ

މައްސަލަ ހުށަހެޅި ފަރާތް:    ކައުންސިލަރ، ޚާލިދާ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫސިޓީ އަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތަށް އެއްވެސް އަގެއް ނުނެގުމަށާއި އައްޑޫސިޓީ އިން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާނަމަ ޚިދުމަތުގެ ފީ ގެ ގޮތުގައި /-2000 ރުފިޔާ ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:    ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/17

ތާރީޚް: 5 ފެބުރުއަރީ 2025