ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/18 |
|
ބޭއްވުނު ތާރީޚް: 19 ފެބްރުއަރީ 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 176 ވަނަ ޖަލްސާ) |
މައްސަލަ |
|
ހުށަހެޅުނު މައްސަލަ: މީދޫ އިން ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ 100 ބިމުގެ ތެރެއިން، މަޖުދުއްދީން މަގުގެ އުތުރުން ދަނޑު ބިން ޞަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 24 ގޯތި އެހެން ޞަރަޙައްދުތަކަށް ބަދަލުކުރުން |
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އާމިނަތު ސާލިހާ |
|
ނިންމުން |
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" މި މައްސަލަ އާ އެކު އެއްކަރުދާސްކޮށްފައިވާ ދެޗާޓުގެ ތެރެއިން އެނެކްސް – 1 ގައި ފާހަގަކޮށްފައިވާ ކުލީ ބިންތައް ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ބިންތަކުގެ ގޮތުގައި ހަމަޖައްސައި، ދަނޑުބިން ހުރި ޞަރަޙައްދުން ދޫކުރުމަށް ކަނޑައެޅިފައިވާ 24 ގޯތި، އެނެކްސް – 2 ގެ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް ބިންތައް ދިރިއުޅުމުގެ ބޭނުމަށް ހަމަޖެއްސުމަށާއި މަޖުދުއްދީންމަގުގެ އިރުމަތިން ގޯތި ދޫކުރުމަށް، އެލް.ޔޫ.ޕީގައި މިހާރު ހިމެނިފައިވާ ބިންތައް ދަނޑުބިންތަކުގެ ގޮތުގައި ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ފައިޒުއްރަޙްމާން |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އާމިނަތު ސާލިހާ |
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 08 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
