އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 45 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ (19-01)

26 ފެބުރުއަރީ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/19-01

ބޭއްވުނު ތާރީޚް: 26 ފެބްރުއަރީ 2025

ޖަލްސާ:2025 ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 177 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 45 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް 

  މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމެޓީ 

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު" ޓޫރިޒަމް ކޮމިޓީގެ 45 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

 

 

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

ޓޫރިޒަމް ޒޯން ތަކުން ޖުމްލަކޮށް ހުރިހާ ޕްލޮޓްސްތަކަށް ލުއިދިނުމުގެ ވިސްނުން ހުރުމާއި ގުޅިގެން ސްޓޭންޑަރޑައިޒްކޮށްފައިވާ ޕްލޮޓްތަކުގައި އެޅޭނެ ކޮޓަރީގެ އަދަދު  ކޮމެޓީން ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލަ، ޓޫރިޒަމް ކޮމިޓީއިން ނިންމަވާފާއިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:09  ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/19-01

ތާރީޚް: 26 ފެބުރުއަރީ 2025