އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 46 ވަނަ ބައްދަލުވުމުގެ ނިންމުންތަކާއި ގުޅޭ (20-01)

5 މާރޗް 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/20-01

ބޭއްވުނު ތާރީޚް: 5 މާރޗް 2025

ޖަލްސާ:2025 ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 178 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ޓޫރިޒަމް ކޮމިޓީގެ ރަސްމީ 46 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ، މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް 

  މައްސަލަ ހުށަހެޅި ފަރާތް:  ޓޫރިޒަމް ކޮމެޓީ 

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު" ޓޫރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ، ހުސައިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:   ކައުންސިލަރ، އަހުމަދު ނާދިރު

 

 

ޓޫރިޒަމް ކޮމިޓީ އިން ހުށަހަޅާފައިވާ މައްސަލަ

"ސ. މީދޫ ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސް އިމާރާތްކުރުމަށް، ފެހިމޫ ޕްރައިވެޓް ލިމިޓެޑް އާއި ހާވާލުކޮށްފައިވާ ދެ ބިން B1 އަދި C5 ތަރައްޤީކުރުމުގެ އެންމެހާ ކަންކަން ސަންވިލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މި ފަރާތުން އެދިފައިވާ މައްސަލަ، ޓޫރިޒަމް ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 7  ވޯޓް

ވޯޓުގައި ބައިވެރިވި: 9 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/20-01

ތާރީޚް: 5 މާރޗް 2025