އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 83 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލަ އާއި ގުޅޭ (23-03)

19 މާރޗް 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(10)/2025/23-03

ބޭއްވުނު ތާރީޚް: 19މާރިޗު  2025

ޖަލްސާ:2025 ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 180 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 83 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

  މައްސަލަ ހުށަހެޅި ފަރާތް:   ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

    މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު" ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 83 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:   ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

 

 

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ

ބީޓެކް ޕވޓ ލޓޑ އަށް ދޫކޮށްފައިވާ ލޯކަލް މާރުކޭޓުގެ މަސައްކަތް ފެށުމަށާއި، ކުލި އަދި ކުލި ނުދައްކާ ހުރުމުގެ ސަބަބުން އަރާފައިވާ ޖޫރިމާނާ ދެއްކުމަށް 15 ދުވަހުގެ މުއްދަތު ދިނުމަށް އަދި 30 ދުވަހުގެ މުއްދަތުގައި މިތަނުގައި މަސައްކަތް ފެށުމަށް މި ކޮމިޓީގެ 79 ވަނަ ބައްދަލުވުމުގައި ނިންމާ ކައުންސިލުގެ 172 ވަނަ ޖަލްސާއިން ފާސްވެފައިވާ ގޮތަށް މި އިދާރާއިން  ފޮނުވި ސިޓީގެ ޖަވާބުގައި އެފަރާތުން ފޮނުވި ސިޓީގައި ހުށަހަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް އެ ކަންތައްތަކަށް ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08   ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/23-03

ތާރީޚް: 19 މާރޗް 2025