ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(11)/2025/25 |
|
ބޭއްވުނު ތާރީޚް: 09 އޭޕްރިލް 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 181 ވަނަ ޖަލްސާ) |
މައްސަލަ |
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ލިންކު ރޯޑުގެ ތާރުގަޑު ހަލާކުވެ ބޮޑެތި ވަޅުގަޑު ހެދިފައިވާތީ މަރާމާތުކުރުމަށް ބޭނުންވާ ތާރު ހޯދުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި. |
|
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ޔުނިޓް |
|
ނިންމުން |
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު" އައްޑޫސިޓީގެ ގިނަ އަދަދެއްގެ މަގުތަކަކީ ތާރުމަގުތަކަށް ވެފައި، އަދި ލިންކްރޯޑްގެ ބޮޑުބައެއް ހަލާކުވެ މަރާތުކުރުމަށް ބޭނުންވާތީ މިމަސައްކަތަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ބަޖެޓް ކަނޑައަޅައި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
