ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(11)/2025/26 |
|
ބޭއްވުނު ތާރީޚް: 09 އޭޕްރިލް 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 11 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 181 ވަނަ ޖަލްސާ) |
މައްސަލަ |
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގައި ކުރިއަށްގެންދާ ގަން އިންޓަރނޭޝަނަލް އެއާރޕޯޓް ޑިވެލޮޕްމަންޓް މަޝްރޫއު ތެރެއިން ގަމާއި ފޭދޫ ގުޅާލެވޭ އެސޯސިއޭޓް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތް، ގަން އިންޓަރނޭޝަނަލް އެއާރޕޯޓް އާއި އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާނުކޮށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އުނިކޮށްފައިވާތީ ހުށަހަޅާ މައްސަލަ. |
|
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ޔުނިޓް |
|
ނިންމުން |
|
މައްސަލަ ނިމުނުގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު" މިމަޝްރޫއަކީ އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ ޕްރޮޖެކްޓަކަށްވާތީ، ޑިވެލޮޕްމެންޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލުން ސަރުކާރުގެ މުއައްސަސާތަކާއި މަޝްވަރާކޮށް ގަމާއި ފޭދޫ ގުޅާލެވޭ މަގުގެ މަސައްކަތް އެއްވެސް ބަދަލެއް ނުގެނެސް، ކުރިންވެސް ރޭވިފައިވާގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް 17 އޭޕްރިލް 2025 ގެކުރިން މައްސަލަ ހައްލުކޮށްދިނުމަށް އެދި ސިޓީ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
|
ތާއީދު ކުރެއްވި: ކައުންސިލަރ، ޑރ. އާމިނަތު އަދާލާ ރަޝީދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު |
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ: 00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
