މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އިވެލުއޭޝަން ކޮމިޓީގެ ނިންމުންތައް ކަމުގައިވާ ގައުކެނޑި ބްރިޖްގެ ޗެކް ޕޯސްޓް އާއި ހުޅުދޫ އަދި މީދޫ އަވަށުގެ އައުޓް ޑޯރ ޖިމްސެޓް ހަރުކުރުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ޗެކް ޕޯސްޓަކީ އައްޑޫސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން މިވަގުތުން މިވަގުތަށް ވެސް ބޭނުންވެފައިވާ ތަނަކަށްވުމާއި، އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫ އަވަށް ފިޔަވައި އެހެން ހުރިހާ އަވަށެއްގައި އައުޓް ޑޯރ ޖިމް ސެޓް ހަރުކުރެވި، އެ 2 އަވަށުގައި ޖިމްސެޓް ހަރުނުކުރެވި ގިނަދުވަސްވެފައިވުމުން ޢާއްމުންގެ ހިތްހަމަނުޖެހުން ވެސް ކުރިމަތިވުމުގެ އިތުރަށް މި 2 މައްސަލައަކީ ވެސް ނުކުރެވި ގިނަދުވަސްތަކެއްވެފައިވާ ވަރަށް މުހިއްމު 2 މަސައްކަތަށްވާތީ، ފިޠުރުޢީދާއި ގުޅިގެން ގިނަ ބަންދު ދުވަސްތަކެއް އަންނާތީ، އޭގެ ކުރިން ކޮންޓްރެކްޓަރާއި މަސައްކަތް ޙަވާލުކުރެވި، މި މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެގޮތް ހަމަޖެއްސުމަށް ނިންމުނެވެ. އެގޮތުން، ގައުކެނޑި ބްރިޖްގެ ޗެކް ޕޯސްޓް ޤާއިމުކުރުމުގެ މަސައްކަތާއި ހުޅުދޫ އަދި މީދޫ އަވަށުގެ އައުޓް ޑޯރ ޖިމްސެޓް ހަރުކުރުމުގެ މަސައްކަތް އިވެލުއޭޝަން ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ، ކައުންސިލަރ ޙުސައިން ހިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ގައުކެނޑި ބްރިޖްގެ ޗެކް ޕޯސްޓް އާއި ހުޅުދޫ އަދި މީދޫ އަވަށުގެ އައުޓް ޑޯރ ޖިމްސެޓް ހަރުކުރުން