އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެގޮތުން ޗައިނާގެ ޝަންގހާއިގައި ބާއްވާ އައި.ޓީ.ބީ ފެއަރގައި އައްޑޫސިޓީން ބައިވެރިވުމާ ގުޅޭ

7 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/37

ބޭއްވުނު ތާރީޚް:07  މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 185 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެގޮތުން ޗައިނާގެ ޝަންގހާއިގައި 27 މޭއި 2025 އިން 29 މޭއި 2025 އަށް ބާއްވާ އިންޓަރަނޭޝަނަލް ޓޫރިޒަމް ޓްރޭޑް (އައި.ޓީ.ބީ) ފެއަރގައި އައްޑޫސިޓީން ބައިވެރިވުމަށް

  މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ހުސެއިން ޒަރީރް

ނިންމުން

  މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައި.ޓީ.ބީ ޗައިނާ 2025 ގައި އައްޑޫސިޓީ ތަމްސީލްކުރުމަށް އައްޑޫ ސިޓީކައުންސިލާއި އައްޑޫސިޓީގެ ގެސްޓްހައުސް އަދި ޓޫރިޒަމާއިގުޅުންހުރި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އައްޑޫސިޓީއަށް ނިސްބަތްވާ ނޫސް/މީޑިޔާ ހިމެނޭހެން މުޅިޖުމުލަ 9 މެމްބަރުން ބައިވެރިކުރުމަށާއި، އެގޮތުން މިވަފުދުގައި އަންނަނިވި ފަރާތްތައް ބައިވެރިކުރުމަށާއި، އެފަރާތްތަކުގެ ދަތުރު، އެކޮމޮޑޭޝަން އަދި ކެއުމުގެ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި، ފެއާގެ ބައިވެރިންގެ ގޮތުގައި:

  1. ޓުއަރިޒަމް ކޮމިޓީގެ ނައިބު މުޤައްރިރު، ކައުންސިލަރ، އިބްރާހިމް ޝިނާޒް
  2. އައްޑޫސިޓީ ހިތަދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 2 ފަރާތެއް
  3. އައްޑޫސިޓީ މަރަދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތެއް
  4. އައްޑޫސިޓީ މަރަދޫފޭދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތެއް
  5. އައްޑޫސިޓީ ފޭދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތެއް
  6. އައްޑޫސިޓީ ހުޅުދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތެއް
  7. އައްޑޫސިޓީ މީދޫ ތަމްސީލުކުރުމަށް އެއަވަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން 1 ފަރާތެއް
  8. އައްޑުއަށް ނިސްބަތްވާ ނޫސް/މީޑިޔާ ދާއިރާއިން 1 ފަރާތެއް

ހިމަނައި ފެއާގެ ވަފުދު އެކުލަވާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، މުހައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:03 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް:06 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/37

ތާރީޚް: 7 މޭއި 2025