އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުން އިވެލުއޭޝަންގައި އެވޯޑު ކުރުމަށް ލަފާ އަރުވާފައިވާ 7 ކުލީ ބިން އެވޯޑުކުރުމާއި ގުޅޭ

14 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/42

ބޭއްވުނު ތާރީޚް:14 މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 186 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އަވަށުން 7 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/122އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް  ބީލަން އެވޯޑުކުރުމާއިމެދު  ގޮތެއް ނިންމަވައި ދެއްވުމަށް އެދި

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު "ލޭންޑް އިވެލުއޭޝަން ކޮމިޓީއިން ނިންމާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، އާމިނަތު ސާލިހާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހުމަދު ނާދިރު

 

 

ލޭންޑް އިވެލިއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އަވަށުން 7 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/122އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް  ބީލަން އެވޯޑުކުރުމާއިމެދު  ގޮތެއް ނިންމަވައި ދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލައާއި ގުޅިގެން ލޭންޑް އިވެލުއޭޝަން ކޮމިޓީއިން ނިންމަވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ބީލަން އެވޯޑު ކުރުމަށް ފެންނަކަމަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން 

އެވޯޑު ކުރުމަށް ފެންނަ ފަރާތްތައް

KB-012

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

KEYSTONE MALDIVES

KB-013

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Donnaa Trade

KB-014

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Xtreme Investment

KB-015

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Nesso Home Pvt Ltd

KB-016

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Modern Builders Pvt Ltd

KB-017

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Royal Business Pvt Ltd

KB-018

4000 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމަށް

Neon Catering Services Pvt Ltd

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

 

 

 



ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/42

ތާރީޚް: 14 މޭއި 2025