އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުން އިވެލުއޭޝަންގައި އެވޯޑު ކުރުމަށް ލަފާ އަރުވާފައިވާ 7 ކުލީ ބިން އެވޯޑުކުރުމާއި ގުޅޭ

14 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/43

ބޭއްވުނު ތާރީޚް:14 މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 16 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 186 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އަވަށުން 7 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/151އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް  ބީލަން އެވޯޑުކުރުމާއިމެދު  ގޮތެއް ނިންމަވައި ދެއްވުމަށް އެދި

  މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އިވެލުއޭޝަން ކޮމިޓީ 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު "ލޭންޑް އިވެލުއޭޝަން ކޮމިޓީއިން ނިންމާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙާލިދާ މުހައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަހުމަދު ނާދިރު

 

 

ލޭންޑް އިވެލިއޭޝަން ކޮމިޓީއިން ހުށަހެޅި މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އަވަށުން 7 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/151އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް  ބީލަން އެވޯޑުކުރުމާއިމެދު  ގޮތެއް ނިންމަވައި ދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލައާއި ގުޅިގެން ލޭންޑް އިވެލުއޭޝަން ކޮމިޓީއިން ނިންމަވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ބީލަން އެވޯޑު ކުރުމަށް ފެންނަކަމަށް

 

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން 

އެވޯޑު ކުރުމަށް ފެންނަ ފަރާތްތައް

 

KB01

4161.75 އަކަފޫޓް

ގަރާޖް ވޯކްޝޮޕް ހިންގުމުގެ މަސައްކަތަށް

Costo Group Pvt Ltd

 

KB03

4161.75 އަކަފޫޓް

ގަރާޖް ވޯކްޝޮޕް ހިންގުމުގެ މަސައްކަތަށް

Auto Movers

 

 

KB25

2821 އަކަފޫޓް

ގަރާޖް ވޯކްޝޮޕް ހިންގުމުގެ މަސައްކަތަށް

Auto Movers

 

 

KB22

4000 އަކަފޫޓް

ގާ އެޅުމުގެ މަސައްކަތަށް

Maaas Biz

 

 

KB23

4000 އަކަފޫޓް

ގާ އެޅުމުގެ މަސައްކަތަށް

Feliz Maldives Pvt Ltd

 

 

KB24

4000 އަކަފޫޓް

ގާ އެޅުމުގެ މަސައްކަތަށް

Swan Investment Pvt Ltd

 

         
 

ވޯޓް ދެއްވި ގޮތް

 

 

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/43

ތާރީޚް: 14 މޭއި 2025