އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ ލޭންޑް ޔޫޒް ޕްލޭންގައި ހިމެނޭ ކޮމާޝަލް ޕްލޮޓެއް، ޓޫރިޒަމް (ގެސްޓްހައުސް) ޕްލޮޓަކައް ބަދަލުކުރުން

22 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/51

ބޭއްވުނު ތާރީޚް:22 މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 187 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

 މަރަދޫފޭދޫ ލޭންޑް ޔޫޒް ޕްލޭންގައި ހިމެނޭ ކޮމާޝަލް ޕްލޮޓެއް، ޓޫރިޒަމް (ގެސްޓްހައުސް)  ޕްލޮޓަކައް ބަދަލުކުރުން.

  މައްސަލަ ހުށަހެޅި ފަރާތް:  މަރަދޫފޭދޫ އަވަށު އޮފީސް 

ނިންމުން

    މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު "މައްސަލަ ފޯމުގައި ފާހަގަކޮށްފައިވާ މަރަދޫފޭދޫ ލޭންޑް ޔޫޒް ޕްލޭންގައި ހިމެނޭ ކޮމާޝަލް ޕްލޮޓްއެއް މިކްސްޑް ޔޫސް ޕްލޮޓަކަށް ބަދަލުކޮށް، ރައްޔިތުންގެ މަޝްވަރާއަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/51

ތާރީޚް: 22 މޭއި 2025