ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/53-04 |
|
ބޭއްވުނު ތާރީޚް:22 މޭއި 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 187 ވަނަ ޖަލްސާ) |
މައްސަލަ |
||
ހުށަހެޅުނު މައްސަލަ: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 87 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލުންގޮތެއް ނިންމުމަށް. |
||
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||
ނިންމުން |
||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 87 ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ ދިރާގުން ސ.ހިތަދޫ ފާސްޓްފުޑް ސަރަޙައްދާއި ހިތަދޫ މައިލޯ ފުޓުބޯޅަ ދަނޑު ސަރަޙައްދުގެ މުއާޞަލާތީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ފާސްޓްފުޑް ސަރަޙައްދުން 15 މީޓަރުގެ ޕޯސްޓެއް ޖެހުމަށް ބިން ހަމަޖައްސައިދިނުމަށާއި ހިތަދޫ މައިލޯ ފުޓުބޯޅަ ދަނޑު އޮންނަ ސަރަޙައްދުގައި 20 ފޫޓު 20 ފޫޓުގެ ބިމެއް ޕޯސްޓް ބެހެއްޓުމަށްޓަކައި ހަމަޖައްސައިދިނުމަށް އެ ކުންފުނިން އެދިފައިވާތީ އެކަމަށް ގޮތެއް ނިންމުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް އެދި ފޮނުވާފައިވާ މައްސަލައާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:08 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
