އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ސްޓޭޑިއަމްގައި ލައިޓް ޖެހުމާ މެދު ގޮތެއް ނިންމެވުމަށް

22 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/55

ބޭއްވުނު ތާރީޚް:22 މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 187 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ސްޓޭޑިއަމްގައި ލައިޓް ޖެހުމާ މެދު ގޮތެއް ނިންމެވުމަށް.

  މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު 

ނިންމުން

    މައްސަލަ ނިމުނުގޮތް:

 " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު "އައްޑޫ ޒޯން ސްޓޭޑިއަމްގައި ހަރުކުރުމަށް، ފޭދޫ ކުރީގެ ފުޓްބޯޅަ ދަނޑުގައި ހުރި ލައިޓް ޕޯސްޓްތައް ރީލޮކޭޓްކޮށް، ބޭނުންވާ ކޭބަލާއި ލައިޓްތައް ގަތުމަށް ބަޖެޓް ކޯޑް:226008  އިން ހަރަދުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ހުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް:06 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/55

ތާރީޚް: 22 މޭއި 2025