އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުން އިވެލުއޭޝަންގައި އެވޯޑު ކުރުމަށް ލަފާ އަރުވާފައިވާ 2 ކުލީ ބިން އެވޯޑުކުރުމާއި ގުޅޭ

28 މޭއި 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/58

ބޭއްވުނު ތާރީޚް:28 މޭއި  2025

ޖަލްސާ:2025 ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 188 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫ ސިޓީ ހިތަދޫ އަވަށުން 02 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)426-AE/426/2025/139 އިޢުލާނުގެ ދަށުން ކުލީ ބިންތަކަށް ހުށަހެޅި

ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާ ނިމި، އިވެލުއޭޝަންގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް  ބީލަން އެވޯޑުކުރުމާއިމެދު  ގޮތެއް ނިންމަވައި ދެއްވުމަށް އެދި

ލޭންޑް އިވެލުއޭޝަން ކޮމިޓީ  މައްސަލަ ހުށަހެޅި ފަރާތް:

ނިންމުން

    މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ލޭންޑް އިވެލުއޭޝަން ކޮމިޓީގެ ނިންމުމަށް ރިއާޔަތްކުރުމަށްފަހު ކޮމިޓީގެ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީއިން ނިންމާފައިވާ ފަރާތްތަކަށް ބީލަން އެވޯޑްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ބީލަން އެވޯޑު ކުރުމަށް ފެންނަކަމަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން 

އެވޯޑު ކުރުމަށް ފެންނަ ފަރާތްތައް

KB19

4000 އަކަފޫޓް

ކެފޭ / ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރި ކުރުމަށް

Opal Maldives Pvt Ltd

KB20

3000 އަކަފޫޓް

ކެފޭ / ހޮޓާ ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރި ކުރުމަށް

IKON LLP

 

 

ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިހާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޚާލިދާ މުހައްމަދު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:08  ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/58

ތާރީޚް: 28 މޭއި 2025