ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/67-02 |
|
ބޭއްވުނު ތާރީޚް: 18 ޖޫން 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 190 ވަނަ ޖަލްސާ) |
މައްސަލަ |
||
ހުށަހެޅުނު މައްސަލަ: ޓޫރިޒަމް ކޮމިޓީގެ 48 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް. |
||
މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ |
||
ނިންމުން |
||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، "ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ
ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ: "ސެކްޝަން އިން ހުށަހަޅާފައިވާ ޗާރޓުގައި ވާގޮތަށް ފޭދޫ ޓޫރިޒަމް ޒޯންގެ C4 ބިން ރީލޮކޭޓްކޮށް ދިނުމަށް ފެންނަކަމަށް ކޮމިޓީއިން ނިންމަވާފާއިވާ ނިންމުމާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް އެދި ޓޫރިޒަމް ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލަ، ކޮމިޓީއިން ނިންމަވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް:07 ވޯޓް |
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
