ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B(4)/2025/70 |
|
ބޭއްވުނު ތާރީޚް: 25 ޖޫން 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 191 ވަނަ ޖަލްސާ) |
މައްސަލަ |
|
ހުށަހެޅުނު މައްސަލަ: ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަންކިޔުމަށްޓަކައި، ކުރެވުނު ދެ އިޢުލާނުން ނުވިކި ހުރި ތަކެތި ތިންވަނަ ފަހަރަށް ނީލަންކިޔުމަށް، ތަކެތީގެ ނީލަން ފަށާ އަގު ދަށްކުރުމަށްފަހު ނީލަން ކިޔުމަށް ކައުންސިލުން ފާސްކޮށްދެއްވުން އެދި. |
|
މައްސަލަ ހުށަހެޅި ފަރާތް: ޖެނެރަލް އެޑްމިނިސްޓްރޭޝަން ޔުނިޓް |
|
ނިންމުން |
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،" ދައުލަތުގެ މުދާ ނީލަންކިޔުމާ ނައްތައިލުމުގެ އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށްފަހު، މިމައްސަލަ އާއިއެކު އެއްކަރުދާސްކޮށްފައިވާ އަގުތަކަށް ނީލަން ކިޔުމަށާއި ތިންވަނަ ފަހަރަށް އިއުލާން ކުރުމަށްފަހު ވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ހުށަހަޅާފައިނުވާނަމަ ތަކެތި ނައްތާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޒަރީރު |
ވޯޓް ދެއްވި ގޮތް |
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 11 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
