މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 1439 ވަނަ އަހަރު ރަމަޟާން މަހު ތެރޭގައި ގޯދިއްޔާގެ ފަރާތުން ބާއްވާ ފުޓްސަލް މުބާރާތުގައި ކްލަބް ރިވެރިން އިން ބައިވެރިވުމަށް ތައްޔާރުވަމުން ދާތީ މި ކްލަބަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިބާވަތުގެ މައްސަލަ ތަކަށް ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން ސްޕޯރޓްސް ކައުންސިލްގެ ރައުޔު ހޯދުމަށްފަހު ކައުންސިލަށް ހުށަހެޅުމަށް ދެންނެވެމުންދާކަމަށާއި، މިމުބާރާތަކީ 25 މެއި 2018 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތަކަށްވާތީ، މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ސްޕޯރޓްސް ކައުންސިލަށް ފޮނުވުމަށް ފެންނަކަމަށާއި، އަދި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެހީދިނުމަށް އެކުލަވާލެވިފައިވާ ޤަވާޢިދު، ކައުންސިލްގެ ސްޕޯރޓްސް ކައުންސިލްގެ މަސައްކަތު މަރުޙަލާގައި މަޝްވަރާކުރުމަށްފަހު، "ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެހީދިނުމުގެ އުޞޫލު" ތައްޔާރުކުރުމުގެ މަސައްކަތް އަވަސް މަސައްކަތައްގެ ގޮތުގައި ކުރިއަށް ގެންގޮސް ކައުންސިލްގެ ޢާއްމުކޮމިޓީގެ މަޝްވަރާގެ މަތިން މި އުޞޫލު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
1439 ވަނަ އަހަރު ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ކްލަބް ރިވެރިން އިން ބައިވެރިވުމަށް އެހީތެރިކަން ދިނުމަށް