|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ޢީދިގަލި ފުޓްބޯޅަ ދަނޑުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ސިޓީ ސެންޓްރަލް އިން ހުށަހަޅާ މައްސަލަ |
||||
|
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: އީދިގަލި ފުޓްބޯޅަ ދަނޑުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ސިޓީ ސެންޓްރަލް އިން ހުށަހަޅާ މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ކައުންސިލުން ބަލަހައްޓާ ކުޅިވަރު ބިން ޕާކް ފަދަ ތަންތަނުގައި އިޝްތިހާރު ބޯޑް ބަހައްޓައި ދިނުން އެދި އައްޑޫގެ އެކިއެކި ވިޔަފާރިތަކުން ކައުންސިލްގައި އެދެމުންދާތީ، ކުޅިވަރު ދަނޑުތަކާއި ޕާކް ފަދަ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މިބާވަތުގެ ތަންތަނުގައި އެތަންތަނަށް ގެއްލުން ނުވާގޮތެއްގެ މަތީން އަދި ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގެ ތެރެއިން އިޝްތިހާރު ބޯޑު ބެހެއްޓުމަށް ހުއްދަ ދިނުނުމަށާއި، މިގޮތުން މިހުއްދަ ދޫކުރުމުގައި ބެހެއްޓޭ އިޝްތިހާރު ބޯޑުތަކުގެ ތެރެއިން، 32އަކަފޫޓާއި ހަމައަށް ކޮންމެ އަކަފޫޓަކަށް 2ރުފިޔާ، އަދި 32 އަކަފޫޓަށް ވުރެ އިތުވާ ކޮންމެ އަކަފޫޓަކަށް 5 ރުފިޔާގެ ރޭޓުން ފައިސާ ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

