މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫގެ އަވަށްތަކުގައި ސ.ފޭދޫ އާފަހި ޢަލީ ފަހުމީ އަޙުމަދާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު ވެވުނު ނަންބަރު: (AGR)426-CA/PRIV/2016/35 އެއްބަސްވުމުގެ ދަށުން އައްޑޫސިޓީގެ ތާރީޚާއި ސަޤާފަތް ދިރުވައި ދެމެހެއްޓުމުގެ ބޭނުމުގައި އައްޑޫސިޓީގެ ވަނަވަރު ފޮތެއް ލިޔުމުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރުމުގެ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލައިގައި ކައުންސިލްގެ މެމްބަރަކު ހިމެނިވަޑައިގަންނަވާތީ މިކަން ކުރިއަށް ގެންދިއުމުގައި އެންޓިކަރޮޕްޝަން ކޮމިޝަނުގެ ލަފައާއި މަޝްވަރާ ހޯއަދަވައި އެ ކޮމިޝަނުން ޢަލީ ފަހުމީ އަޙްމަދު އާއި މިމަސައްކަތް ޙަވާލު ކޮށްގެން ކުރިއަށްގެންދިމުގައި ޤާނޫނީ ހުރަހެއް ނެތް ކަމުގެ ލަފާ ދެއްވާފައިވާތީ، ކައުންސިލުން ޢަލީ ފަހުމީ އަޙްމަދުއާއި ޙަވާލު ކުރެވިގެން މި މަސައްކަތް ކުރިއަށް ގެންދެވޭ ކަމަށާއި، ދިމާވި އިދާރީ މައްސަލައަކާއި ހުރެ މިމަސައްކަތުގެ މުއްދަތު އިތުރު ނުވެ އޮތުމުންނާއި، ކައުންސިލްގެ ލީގަލް ޔުނިޓުން ދެއްވި ދެއްވި މަޢުލާމާތު ތަކަށް ބަލާއިރު ދާދި ފަހުން މިމައްސަލައާއި ގުޅިގެން އޭސީ.ސީ އިން ކުރެއްވި ސަވާލުތަކުގެ ތެރޭގައި މަސައްކަތް ހުއްޓާލުމަށް އަންގާފައި ނުވާތީ، " ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށް މަޝްވަރާގައި ނިމޭ ގޮތެއްގެ މަތިން އައްޑޫސިޓީގެ ވަނަނވަރު ފޮތް ލިޔުމުގެ މަސައްކަތުގެ މުއްދަތު އިތުރުކޮށްދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ދެއްވި ވޯޓުގެ ނަތީޖާ އެއްވަރުވުމުން، ރިޔާސަތުން ދެއްވި ވޯޓާއެކު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުހައްމަދު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 02 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީގެ ތާރީޚާއި ސަޤާފަތް ދިރުވައި ދެމެހެއްޓުމުގެ ބޭނުމުގައި އައްޑޫސިޓީގެ ވަނަވަރު ފޮތެއް ލިޔުމުގެ މަސައްކަތުގެ މުއްދަތު އިތުރުކުރުމަށް