ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/99 |
|
|
ބޭއްވުނު ތާރީޚް: 03 ސެޕްޓެމްބަރ 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 201 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ބެޑްމިންޓަން ފިއެސްޓާ 2025" މުބާރާތުގެ ޤަވާއިދު ފާސްކުރުމާމެދު މަޝްވަރާކޮށް ކައުންސިލް އިން ގޮތެއް ނިންމަވާ ދެއްވުމަށް |
|
|
މައްސަލަ ހުށަހެޅި ފަރާތް: ޔޫތް ޑެވެލޮޕްމެންޓް އެންޑް ސްޕޯރޓްސް ކޮމިޓީ |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، " އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ބެޑްމިންޓަން ފިއެސްޓާ 2025" މުބާރާތުގެ ޤަވާއިދު އެކުލަވާލުމަށް ކޮމިޓީގައި މަޝްވަރާކުރެވުނު އިސްލާހުތައް ހިމަނައި މުބާރާތުގެ ޤަވާއިދު ފާސްކުރުމަށް ފެންނަކަމަށް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމެޓީ އިން 2025 އޮގަސްޓް 31 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ނިންމަވާފައިވާތީ "ބެޑްމިންޓަން ފިއެސްޓާ 2025" މުބާރާތުގެ ޤަވާއިދު ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯރޓްސް ކޮމިޓީ އިން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު |
|
ވޯޓް ދެއްވި ގޮތް |
|
|
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |

