ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/100 |
|
|
ބޭއްވުނު ތާރީޚް: 03 ސެޕްޓެމްބަރު 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 201 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: މި އިދާރާ އިން 07 އޯގަސްޓް 2024 ވަނަ ދުވަހު ކޯލްޑް ރީފް އަށް ފޮނުވާފައިވާ ނަންބަރު 426-AA/PRIV/2024/330 ސިޓީ އިން، މި އިދާރާއަށް ދެއްކުމަށް އެދިފައިވާ 874800.00 (އަށްލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ) ރުފިޔާގެ ތެރެއިން އެޑްވާންސް 437400.00 (ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ލިކިއުޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ދައްކަން ޖެހޭ 437400.00 (ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ) ރުފިޔާ މާފުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަ |
|
|
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮކިއުމެންޓް ޔުނިޓް |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "7 އޯގަސްޓް 2024 ވަނަ ދުވަހު ކޯލްޑް ރީފް އަށް ފޮނުވާފައިވާ ނަންބަރު 2024/330 ސިޓީއިން މި އިދާރާއަށް ދެއްކުމަށް އެދިފައިވާ 874،800 (އަށްލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ) ރުފިޔާގެ ތެރެއިން މާލިއްޔަތު ޤަވާއިދުގެ 11.02-11.07 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސްގެ ގޮތުގައި 437،400 (ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ) ރުފިޔާ ދެއްކުމަށްފަހު ލިކިއުޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި ދައްކަންޖެހޭ 437،400 (ހަތަރުލައްކަ ތިރީސް ހަތްހާސް ހަތަރުސަތޭކަ) ރުފިޔާ މަޢާފުކޮށް ދިނުމަށް އެދުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ ވޯޓު ހަމަހަމަވުމުން، ރިޔާސަތުގެ ވޯޓާއި އެކު ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު |
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް |
ނުފެންނަކަމަށް: 04 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

