އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލްކުރާނެ ފަރާތްތައް ކަނޑައަޅާ ޤަރާރު އިސްލާޙުކޮށް އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ

3 ސެޕްޓެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/101

ބޭއްވުނު ތާރީޚް: 03 ސެޕްޓެމްބަރު 2025

ޖަލްސާ:2025 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 201 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލްކުރާނެ ފަރާތްތައް ކަނޑައަޅާ ޤަރާރު އިސްލާޙުކޮށް އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލްކުރާނެ ފަރާތްތަށް ކަނޑައެޅުމަށްޓަކައި ފާސް ކުރެވިފައިވާ، ކައުންސިލްގެ ނަންބަރު  426(4)2023/07  ޤަރާރު އިސްލާހުކޮށް، އަލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، މުހައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:02 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/101

ތާރީޚް: 3 ސެޕްޓެމްބަރ 2025