ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(4)/2025/103 |
|
|
ބޭއްވުނު ތާރީޚް: 03 ސެޕްޓެމްބަރު 2025 |
ޖަލްސާ:2025 ވަނަ އަހަރުގެ 31 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 201 ވަނަ ޖަލްސާ) |
|
މައްސަލަ |
|
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ ހުޅުދޫގައި ލޯކަލް ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓަރ ކޮންފިޑެންސް އިތުރު ކުރުމަށާއި، އާއްމު ރައްޔިތުންނާއި މެހުމާނުންގެ ބޭނުންތަކަށް ބީޗް ހެދުމާއި އުމްރާނީގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޝްވަރާއާއި، ސްޓޭކްހޯލްޑަރުންގެ ލަފާގެމަތިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށާއި އެކަމާއި ގުޅުންހުރި އީ.އައި.އޭ ހެދުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން |
|
|
މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް |
|
|
ނިންމުން |
|
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ރައްޔިތުންނާއި ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާއިއެކު، ހުޅުދޫ މާފިށި ސަރައްދުން ސްޓޭޑިއަމްއަށް ހާއްސަކުރެވިފައިވާ ބިމާއި ފްލެޓާއި ދެމެދުން 20 މީޓާރު ފުޅާމިނުގެ ސަރަހައްދެއް ރަށުގެ އިރުން ހުޅަނގަށް ބުރިކޮށް ރިވެޓްމެންޓްޖަހައި އޮއިދެމޭގޮތަށް ހެދުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކަށް ހެދުމަށް ކަނޑައަޅައި، އެސަރަހައްދުން ނެގޭ ގޯތިތަށް އަދުލުވެރި ބަދަލުގެ ގޮތުގައި އެހެން ސަރަހައްދަކަށް ގޯތި ބަދަލުކޮށް، އެބަދަލު ލޭންޑްޔޫސް ޕްލޭންގައި ހިމެނުމަށާއި ރަށުގެ ގޮނޑުދޮށް ރީތިކޮށް ބޭއްވުމުގެ ގޮތުން، ހުޅުދޫ ފަޅުތެރޭގައި ހިއްކުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކުރެވިފައިވާ 2 ރަށުގެ ތެރެއިން އެއްރަށް ކެންސަލްކޮށް، އެރަށް ހިއްކުމަށް ބޭނުންވާ ވެލި ބޭނުންކޮށްގެން ހެރެތެރެ ޗެނަލްއިން ފެށިގެން ހުޅުދޫ ބަނދަރާއި ދެމެދު 60 މީޓަރު ފުޅާ ބީޗެއްހެދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ކަމާއި ގުޅުންހުރި އެހެނިހެން އިދާރާ ތަކަށް ހުށަހެޅުމަށާއި މަސައްކަތް އަވަސް ކުރުމުގެގޮތުން ކައުންސިލުން ހަރަދުކޮށްގެން އީ.އައި.އޭ ރިޕޯޓް ތައްޔާރުކުރުމަށާއި ސްނޯކްލިންގ ޕޮއިންޓް އަދި މާފިށި ކިޅީގެ ގިރެމުންދާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނޭހެން މި ރިޕޯރޓް ތައްޔާރުކޮށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް ހުށަހެޅުމަށް. ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
|
|
ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ޒަރީރް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން |
|
ވޯޓް ދެއްވި ގޮތް |
|
ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 09 ވޯޓް |
ވޯޓުގައި ބައިވެރިވި: 09 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

