އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލު" ގެ 19 ވަނަ މާއްދާގެ (ށ) އާ ގުޅޭ

10 ސެޕްޓެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/106

ބޭއްވުނު ތާރީޚް: 10 ސެޕްޓެމްބަރު 2025

ޖަލްސާ:2025 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 202 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

"ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލު" ގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަލަށް ދޫކުރާ ބިންތަކާއި އައުކޮށްދެވޭ އެއްބަސްވުންތަކުގެ އެއްބަސްވުން އައުކުރާ ތާރިޙު ފެށިގެން ކުލި ނުނަގާ މުއްދަތު މުރާޖާކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ލޭންޑް އެންޑް ހައުސިންގ ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައިގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ދަނޑުބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލު" ގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަލަށް ދޫކުރާ ބިންތަކާއި އައުކޮށްދެވޭ އެއްބަސްވުންތައް އައުކުރާ ތާރިޙު ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް ކުލި ނުނަގާ ގޮތަށް ހަމަޖެއްސުމަށާއި، ލޭންޑް އެންޑް ހައުސިންގ ޔުނިޓުން ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގައިވާ ޤަވާޢިދު ނަންބަރު އިޞްލާހުކޮށް،  އައްޑޫ ސިޓީ ކައުންސިލުން އުޞޫލު އާންމުކޮށް އިޢުލާންކުރުމަށާއި، ކައުންސިލާއި އެކު މިހާރު އެއްބަސްވުން ހަދައި ކުލި ދައްކަމުން އަންނަ ފަރާތްތަކަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެއްއަހަރު ދުވަހު މުއްދަތުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާއު

 

 

 

 

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:10 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/106

ތާރީޚް: 10 ސެޕްޓެމްބަރ 2025