އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ކުރިއަށްދާ ސޯލަރ ޕްރޮޖެކްޓުގެ "ގްރިޑް އަޕްގްރޭޑް މަސައްކަތް" ކުރަމުންދާ ކޮންޓްރެކްޓަރ ހޯދުމަށް އެދިފައިވާ މައްސަލަ

10 ސެޕްޓެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/108

ބޭއްވުނު ތާރީޚް: 10 ސެޕްޓެމްބަރު 2025

ޖަލްސާ:2025 ވަނަ އަހަރުގެ 32 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 202 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގައި ކުރިއަށްދާ ސޯލަރ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރ އަށް މަރަދޫ ފޭދޫއިން ދޫކޮށްފައިވާ ވަގުތީ ސައިޓް ގައި ކުރަމުންދިޔަ މަސައްކަތް ނިމިފައި ވުމާއެކު މި ބިން "ގްރިޑް އަޕްގްރޭޑް މަސައްކަތް" ކުރަމުންދާ ކޮންޓްރެކްޓަރ ހޯދުމަށް އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ހައުސިންގ ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު  އައްޑޫ ސިޓީގައި ކުރިއަށްދާ ސޯލަރ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރ އަށް މަރަދޫ ފޭދޫއިން ދޫކޮށްފައިވާ ވަގުތީ ސައިޓްގައި ކުރަމުންދިޔަ މަސައްކަތް ނިމިފައިވުމާއެކު އަލަށް މަރަދޫފޭދޫއިން ހިއްކިފައިވާ ބިމުން "ގްރިޑް އަޕްގްރޭޑް މަސައްކަތް" ކުރަމުންދާ ކޮންޓްރެކްޓަރ 'ނަންޖިންގ ޑާޖީ ސްޓީލް ޓަވަރ މެނުފެކްޗަރިންގ ކޮމްފެނީ ލިމިޓެޑް' އިން އެދޭ ސަރަޙައްދެއް 6 މަސް ދުވަހުގެ މުއްދަތަށް ހަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަހުމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޚާލިދާ މުހައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:01 ވޯޓް  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 08  ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/108

ތާރީޚް: 10 ސެޕްޓެމްބަރ 2025