އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އަވަށުގައި މަސްކަނޑައި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެހެން މަސްމާރުކޭޓެއް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް

6 އޯގަސްޓް 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/86

ބޭއްވުނު ތާރީޚް: 06 އޮގަސްޓް 2025

ޖަލްސާ:2025 ވަނަ އަހަރުގެ 27 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 197 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ، ހިތަދޫ އަވަށުގައި މަސްކަނޑައި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެހެން މަސްމާރުކޭޓެއް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ކައުންސިލް އިން ގޮތެއް ނިންމެވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިތަދޫ އަވަށުގައި މަސްކަނޑައި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެހެން މަސްމާރުކޭޓެއް ތަރައްޤީކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ ބަޖެޓްގައި،  ކައުންސިލް އިދާރާގައި ލިފްޓެއް ހަރުކުރުމުގެ ބަޖެޓު އެކްޓިވިޓީގައިވާ (އޮފީސް އިމާރާތް މަރާމާތުކުރާ ކޯޑް 226002)  1,000,000.00  (އެއްމިލައަން) ރުފިޔާ މަސްމާރުކޭޓް އެޅުމަށް ހަރަދުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޑރ.އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:04 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03  ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/86

ތާރީޚް: 6 އޯގަސްޓް 2025