އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫއިން ބަންޑާރަގޯތި ތަކުންނާއި އަމިއްލަގޯތި ތަކުން 50 ރުއް އުފުރައިގެން ހދ. އިންނަފުށި ރިސޯޓަށް ގެންދަން ހުށަހަޅާފައިވާތީ

13 ނޮވެމްބަރ 2025     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(4)/2025/130

ބޭއްވުނު ތާރީޚް: 13 ނޮވެމްބަރ 2025

ޖަލްސާ:2025  ވަނަ އަހަރުގެ 41 ވަނަ ރަސްމީ ޖަލްސާ ( 4ވަނަ ކައުންސިލްގެ 211 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ހިތަދޫއަވަށުން ބަންޑާރަގޯތި ތަކުންނާއި އަމިއްލަގޯތި ތަކުން 50 ރުއް އުފުރައިގެން ހދ. އިންނަފުށި ރިސޯޓަށް ގެންދަން މުޙައްމަދު ޝިއުނީލް ، ކެންޒާ/ ހިތަދޫ، ހުށަހަޅާފައިވާތީ.

  މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

    މައްސަލަ ނިމުނުގޮތް:

  " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ޤަވާއިދުގައި ބަޔާންކޮށްފައިވާ ޢިޖުރާއުތައް ފުރިހަމަކޮށްފައިވާނަމަ ލޭންޑިންގ ކްރާފްޓް ފުރުމަށް ކައުންސިލްގެ ޢިއުތިރާޒެއް ނެތް ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ޒަރީރު

 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00 ވޯޓް  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:07  ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B(4)/2025/130

ތާރީޚް: 13 ނޮވެމްބަރ 2025